އިސްލާމްދީނާ ހިލާފުވާގޮތަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ރައީސް ޝަހިންދާ އިސްމާއިލް ކުރި ޓްވީޓެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ޝަހިންދާ ވިދާޅުވެފައި ވަނީ "މި ދުނިޔޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ ﷲ" ކަމަށެވެ.

އެހެން ނޫންނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތޯ ވިދާޅުވެ ޝަހިންދާ ވަނީ ސުވާލު އުފައްދާފަ އެވެ.