ބުރަކަށީގައި ރިއްސާ ނަމަ އެކަމަށް ހައްލެއް ހޯދުމަށް ގިނަ ބަޔަކު ކާލާނީ ބޭސް ގުޅައެކެވެ. ކޮންމެ ކަމަކާ ގުޅުވައިގެން ބޭސްގުޅަ ކެއުމަކީ އެތައް ބައިވަރު ސައިޑް އެފެކްޓެއް އޭގެ ސަބަބުން ނިކުންނާނެ ކަމެކެވެ. ސިއްހީ ގޮތުން ދިމާވާ މިފަދަ މައްސަލަތަކުގެ ހައްލަކީ ކެއުމުގެ އާދައަށް ބަދަލު ގެނެސް، ސިއްހީ ބައެއް ރަނގަޅު އާދަތައް ކަށީގައި ހަރުލެއްވުމަށް މަސައްކަތް ކުރުމެވެ.

ބުރަކަށީގައި ރިއްސާ މީހުންގެ ކާނާގައި ހިމަނަންވީ ގިނަ އެއްޗެއްސަކީ އާންމުކޮށް ބަދިގެތަކުން ލިބެން ހުންނާނެ އެއްޗެއްސެވެ.

ގްރީން ޓީ:ދުވާލަކު ދޭއް ނޫނީ ތިން ޖޯޑު ގްރީން ޓީ ބޯށެވެ. ބުރަކަށީ ރިއްސުމަށް ހައްލު ލިބޭނެ ކަމަށް އެކްސްޕާޓުން ބުނެ އެވެ.

އަލަނާސި:މީގައި ގިނަ އަދަދަކަށް ވިޓަމިންސީ އެކުލެވެ އެވެ. ބައެއް ތަދުތައް ފަސޭހަކުރުމަށް އެހީވެދެ އެވެ. ޚާއްސަކޮށް ތާޒާ އަލަނާސި އެވެ.

އެއްގަމު މަސް:އޭގައި އެކުލެވޭ ޕްރޮޓީންސްގެ ސަބަބުން ގިނަ ފައިދާތައް ލިބޭނެ އެވެ. ގެރި އަދި ކުކުޅު ވެސް ބޭނުން ކުރެވިދާނެ އެވެ.

އިނގުރު:އިނގުރު ސައި ބުއިމާއި އިނގުރު ލައިގެން ތައްޔާރު ކޮށްފައި ހުންނަ ކާނާ އަކީ ބުރަކަށީގައި ރިއްސާ މީހުންނަށް ފަރުވާއެކެވެ.

ހެލްތު ޑައިޖެސްޓް