ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އޯޕަން ޓޭޕް ބޯލް މުބާރަތުގައި އިއްޔެ ކުޅުނު ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް ސީއާސީގެ ޓީމުން ކާމިޔާބު ކުރި އިރު، ދެ ވަނަ މެޗް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް )އެމްޕީއެލް( ގެ ޓީމުން ކާމިޔާބު ކޮށްފި އެވެ.

މިމުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް ސިޔާސީގެ ޓީމުން ކާމިޔާބު ކުރީ ކްލަބް ޕީކޭއާ ބައްދަލުކޮށް 80 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ. ދެ ވަނަ މެޗް ޕޯޓްސް ލިމިޑެޓްގެ ޓީމުން ކާމިޔާބު ކުރީ ސްޓެލްކޯއާ ބައްދަލުކޮށް 12 ލަނޑުންނެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ޓޮސް ދިމާވުމުން ސީއާސީގެ ޓީމުން ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި އެއްވިކެޓަށް 161 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑުހެދި އަހްމަދު އަފްޒަލްއާއި 32 ލަނޑުހެދި މުހައްމަދު އާމިރެވެ. ޖަވާބުގައި ކުލަބް ޕީކޭ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 81 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑުހެދި މުހައްމަދު ޝަމީނާއި، 25 ލަނޑު ހެދި މުހައްމަދު އަކްރަމް އެވެ.
އިއްޔެގެ ދެ ވަނަ މެޗް ޓޮސް ލިބުމުން އެމްޕީއެލް ކުޅެންއަރާ ހަތަރު ކުޅުންތެރިން ނުބައިވެގެން އަށް އޯވަރުގެ ތެރޭގައި 102 ލަނޑު ހެދި އެވެ. އެންމެ ރަނަގަޅަށް ކުޅުނީ 29 ލަނޑު ހެދި ވިސާމް އެވެ. ޖަވާބުގައި ސްޓެލްކޯ ކުޅެންއަރާ ތިން ކުޅުންތެރިން ނުބައިވެގެން އަށް އޯވަރުގެ ތެރޭގައި 86 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑުހެދި އަހްމަދު އިރުފާން އެވެ.

މިމުބާރާތުގައި މިއަދު ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ވިލާ އިން ޓަނޭޝަނަލްއާ ސީއާސީ އެވެ. ދެ ވަނަ މެޗްގައި ބައްދަލުކުރާ ދެ ޓީ މަކީ ސްވިޗްއޯންއާ އެމްޕީއެލްގެ ޓީމެވެ. ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:10 ގައެވެ.