28 Dec 2017, 10:55
ދުނިޔޭގެ ގިނަ ބަޔަކު ބޭނުންކުރަމުންދާ އެންޑްރޮއިޑް ފޯނުތަކުގައި ފޯނު ހަލާކުވެ، ފޯނު އެއްކޮށް ވިރުވާލާ ފަދަ ވައިރަސްއެއް ދައުރުވަމުން ދާކަމަށް އެންޓިވައިރަސް ސޮފްޓްވެއާ އުފައްދާ ކެސްޕާސްކީ ލެބުން ބުނެފި އެވެ.
އެ ލެބުގައި މަސައްކަތްކުރާ ނިކީތާ ބުޗްކާ ބުނީ މިހާރު އެންޑްރޮއިޑް ފޯނުތަކުގައި ފެތުރެމުންދާ ވައިރަސް އަކީ ވަރަށް ބާރުގަދަ އަދި ނުރައްކާތެރި ވައިރަސްއެއް ކަމަށާއި އެ ވައިރަސްގެ ސަބަބުން ފޯނު އެއްކޮށް "ވިރުވާލާ" ކަމަށެވެ.
ވައިރަސް އިން ފޯނުގެ މެމޮރީ އިންތިހާ އަށް 'ފުލް'ވެ ފޯނު އެއްކޮށް ބާރުބޮޑުވެ، ފޯނުގެ އެޕްތައް ބޭނުންނުކުރެވި 'ސްޓަކް' ވުމުގެ އިތުރުން ފޯނު ހޫނުވެ އެއްކޮށް ފޯން ހަލާކުކޮށްލާ ކަމަށް އޭނާ ބުންޏެވެ.
ކެސްޕާސްކީ ލެބުން ބުނީ އެ ވައިރަސް އަކީ "ޓްރޯޖަން" ވައިރެސް އެއްކަމަށާއި އެ ވައިރަސް އަކީ އެޕްލިކޭޝަން ތަކެއް މެދުވެރިކޮށް ދައުރުވަމުން އަންނަ ބާރުގަދަ ވައިރަސް އެއްކަމަށާއި އެންޑްރޮއިޑް ފޯނު ބޭނުން ކުރާ ހުރިހާ މީހުން ވެސް ވައިރަހުން ރައްކާތެރިވުމަށެވެ.
ފޯނުގެ އެޕްތައް އިންސްޓޯލް ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ބުނެފައިވާއިރު އެޕެއް އިސްޓޯލް ކުރާއިރު ޕްލޭ ސްޓޯ ނޫން އެހެން އެއްޗެއް ބޭނުން ނުކުރުމަށް އެންޑްރޮއިޑް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވައިރަހުގެ ސަބަބުން ފޯނުގައި ހިމެނޭ މުހިއްމު މައުލޫމާތުތައް ނެތިގެން ދާއިރު ވައިރަސް ބޮޑަށް މިހާރު ފެތުރެމުންދަނީ އޭޝިއާގެ ސަރަހައްދުގެ އެންޑްރޮއިޑް ޑިވައިސްތަކުގައި ކަމަށް ކެސްޕާސްކީ ލެބުން ބުންޏެވެ.
މައުލޫމާތު: މެޓްރޯ