ހަރާބުގެ މަގުން އަނެއް ދިވެހިރާއްޖެ އަށް ދެން ދިވެހިން ނުދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ އެހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. ޝައިނީ ޓުވީޓްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި ވިދާޅުވެފައި ވަނީ މީގެ ކުރިން ހަރާބުގެ މަގުން ދިވެހިން އަނެއް ދިވެހިން އަނެއް ދިވެހި ރައްޖެ އަށް ގެންދިއުމަށް ދަޅަދެއްކި ކަމަށެވެ.

އަދި އެމަގުން ދިވެހިން ދިއުމަށް ފަހު އެނބުރި މި ދިވެހި ރާއްޖެ އަށް ވާސިލުވެއްޖެ ކަމަށާއި ދެން ދިވެހިން އެމަގުން ނުދާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

މީގެކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ކެމްޕޭން ސްލޯގަންއަކަށް ބޭނުންކޮށްފައި ވަނީ "އަނެއް ދިވެހިރާއްޖެ" އެވެ.

ޝައިނީ އެހެން ވިދާޅުވެފައި ވަނީ ކުރިއަށް ރިޔާސީ އިންތިހާބަށް އިދިކޮޅު ސިޔާސީ ހަތަރު ޕާޓީ އެއްވެ އިންތިގާލީ ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާތަކެއް ކުރަމުންދާ ދަނޑިވަޅަކާ ދިމާކޮށެވެ.

އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުންގެ ފަރާތުން ރޭ އިއްވި ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކާމިޔާބީ ހަމައަށް ވާސިލުވެވެނީ އެއްބައިވަންތަ ވެގެން ކަމަށާއި އިދިކޮޅު ފިކުރުތައް އެއްބައިވުމަކީ ކާމިޔާބީގެ މަލަމަތި ކަމަށެވެ.