11 Aug 2011, 12:46
ޔޫރަޕް އަދި ސްޕެއިން ޗެމްޕިއަން ބާސެލޯނާއިން މިދިޔަ ސީޒަނުން ފެށިގެން ހޯދުމަށް މަސައްކަތްކުރަމުންދާ އާސެނަލްގެ ކެޕްޓަން އެކްލަބަށް ކުޅުމަށް އެއްބަސްވުމާއި ގާތުގައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. މިރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާއިން ފެބްރިގާސްއަށް ހުށަހެޅީ 35 މިލިޔަން ޕައުންޑްކަމަށެވެ.
މިދިޔަ ސީޒަން މެދުތެރޭގައި ބާސެލޯނާއިން ހޯދުމަށް މަސައްކަތްކުރާ ފެބްރިގާސް ބާސާއަށް ދާން ބޭނުންވާކަމަށް އެތައް ފަހަރެއްގެ މަތިން ހާމަކޮށްފައިވެއެވެ. ނަމަވެސް ފެބްރިގާސްގެ ކުރީގެ ކްލަބް ބާސެލޯނާއަށް އަލުން ކުޅުމުގެ އުންމީދަށް ހަމައެކަނި އޮތް ހުރަހަކީ އާސެނަލްއެވެ.
ޓްރާންސްފާގެ ދޮރު މިމަހުގެ ނިޔަލަށް އޮންނައިރު އާސެނަލްގެ ކޯޗް އާސީން ވެންގާދަނީ ބާސެލޯނާއަށް ހުރަސްތައް ކުރިމަތި ކުރުވަމުންނެވެ. އެގޮތުން ކޯޗް ވެންގާވަނީ އާސެނަލް ކެޕްޓަން ފެބްރިގާސް ޗެމްޕިއަންސް ލީގް ކޮލިފައިން ސްކޮޑަށްވެސް ނަގާފަ އެވެ.
ފެބްރިގާސް އިތުރުން އާސެނަލްގެ ކޯޗް ވެންގާދަނީ ސާމިރް ނަސްރީވެސް ޓީމުގައި ބެހެއްޓިމަށް މަސައްކަތްކުރަމުންނެވެ. ނަސްރީ ހޯދުމަށް މެންސިޓީއިން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.