މި އަހަރު ވެސް ގާތްގަނޑަކަށް ނިމުނީ އެވެ. އަންނަ އަހަރަށް ގިނަ ބަޔަކު ތައްޔާރުވަމުން އަންނަ އިރު، އަހަރު ތެރޭ ކޮންމެހެން ބަލާލަން ޖެހޭ ފިލްމުތަކުގެ ލިސްޓެއް ބައެއް މީހުން މިހާރު ވެސް ތައްޔާރުކޮށްފައި އޮވެދާނެ އެވެ.

އަންނަ އަހަރު ރިލީޒް ކުރުމަށް ތާވަލްކޮށްފައިވާ ފިލްމުތަކަށް ބަލާއިރު އެންމެ ހިނގާނެ ކަމަށް ބެލެވޭ 10 ފިލްމު ރިލީޒްކުރާގެ ތާރީޚު އަވަހަށް ނޯޓުކޮށްލާށެވެ.

1. ބްލެކް ޕެންތާ:މިއީ މާވެލް ސްޓޫޑިއޯސްގެ ފިލްމެކެވެ. ފިލްމު ރިލީޒްކުރާނީ ފެބްރުއަރީ 16 ގަ އެވެ.

އެނިހިލިއޭޝަން ގެ މަންޒަރެއް

2. އެނިހިލިއޭޝަން:އެލެކްސް ގާލެންޑް ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެވޯޑް ވިނިން ސައިންސް ފިކްޝަނަލް ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. ފިލްމު ރިލީޒްކުރާނީ ފެބްރުއަރީ 23 ގަ އެވެ.

އަ ރިންކްލް އިން ޓައިމް---

3. އަ ރިންކްލް އިން ޓައިމް:އޮޕެރާ ވިންފްރޭ، މިންކީ ކޭލިންގް އަދި ސްޓޯމް ރެއިޑް ފަދަ ތަރިން ފެނިގެންދާ މި ފިލްމަކީ ޑިޒްނީ ސްޓޫޑިއޯގެ ފިލްމެކެވެ. އަހަރުގެ އެންމެ އިންތިޒާރު ކުރެވޭ އެއްފިލްމަށް މި ފިލްމުވާއިރު ފިލްމު ރިލީޒްކުރާނީ މާޗް މަހުގެ 9 ގަ އެވެ.

ސޯލޯ: އަ ސްޓާވާސް ސްޓޯރީ---

4. ސޯލޯ: އަ ސްޓާވާސް ސްޓޯރީ:މި ފިލްމު ސްކްރީނަށް އަންނާނީ މެއި މަހުގެ 25 ގަ އެވެ.

އޯޝަންސް 8 ---

5. އޯޝަންސް8:ޖޫން މަހުގެ 8ގައި ރިލީޒްކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޭންޑްރާ ބްލޮކް، ރިހާނާ، ކޭޓް ބްލެންޗެޓް ފަދަ ތަރިން ހިމެނެ އެވެ. ސަޅި ފިލްމަކަށް ވާނެކަން ޔަގީނެވެ.

ދަ ސްޕައި ހޫ ޑަމްޕްޑް މީ ---

6. ދަ ސްޕައި ހޫ ޑަމްޕްޑް މީ:ފިލްމު ރިލީޒްކުރާނީ ޖުލައި މަހުގެ 9 ގަ އެވެ.

މާމާ މިއާ! ހިޔާ ވީ ގޯ އެގެއިން---

7. މާމާ މިއާ! ހިޔާ ވީ ގޯ އެގެއިން:މިއީ ވަރަށް އިންތިޒާރު ކުރެވޭ ފިލްމެކެވެ. މެރީ ސްޓްރީޕްގެ ކެރެކްޓާ މިފަހަރު މަރުވެދާނެ ކަމަށް ވެސް ބެލެވެ އެވެ. އިންތިިޒާރު ކުރަމާދޯ އެވެ؟ އާ ތަރިން ވެސް މިފަހަރު ފެންނާނެ އެވެ. ރިލީޒްކުރާނީ ޖުލައި 20 ގަ އެވެ.

ކްރޭޒީ ރިޗް އޭޝިއަންސް---

8. ކްރޭޒީ ރިޗް އޭޝިއަންސް:މިއީ ސިންޑްރެލާ ކަހަލަ ފިލްމަކަށް ވެދާނެ އެވެ. ހޮލީވުޑްގައި ހަރަކާތްތެރިވާ އޭޝިއާގެ ގިނަ ފަންނާނުން މި ފިލްމުގައި ފެންނާނެ އެވެ. ރިލީޒްކުރާނީ އޮގަސްޓް 17 ގަ އެވެ.

ވިޑޯސް---

9. ވިޑޯސް:މަޝްހޫރު ގިނަ ތަރިން ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ ނޮވެމްބަރު 16 ގަ އެވެ.

ސްޕައިޑާ މޭން - އިން ޓު ދަ ސްޕައިޑާ-ވާރސް---

10. ސްޕައިޑާ މޭން - އިން ޓު ދަ ސްޕައިޑާ-ވާރސް:ސޮނީ ޕިކްޗާސްގެ މި ފިލްމު ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ 14ގަ އެވެ.