މި އަހަރުގެ ފަހު ދުވަސްވާ ޑިސެމްބަރު 31 (އާދިއްތަ) ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސް އަބްދުﷲ ޔާމީން ކަޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އަބްދުﷲ މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުވައްޒަފުންގެ ލުއިފަސޭހައަށް ޓަކައި މިމަހުގެ 31 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އާ އަހަރާ ދިމާކޮށް ގިނަ ބަޔަކު އާއިލާއާ އެކު ރާއްޖޭން ބޭރަށާއި ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ދަނީ ދަތުރު ކުރަމުންނެވެ.

މި މަހު 31 ވަނަ ދުވަސް ބަންދު ކުރުމުން އާ އަހަރަށް ސަރުކާރު މުވައްޒަފުންނަށް ބަންދު ތިން ދުވަސް ލިބޭނެ އެވެ.