ލޯ ކައިރި ކަޅު ވުމަކީ މިއަދު މުސްކުޅިންނަށް ދިމާވާ ކަމެއްގެ އިތުރުން ޒުވާން ކުދިންނަށް ވެސް ދިމާވެފައިވާ ކަމެކެވެ. ލޯ ކައިރި ކަޅުވުމުގެ ސަބަބުން މީހާ މުސްކުޅިވާ ކަމުގެ އިހްސާސްތައް ކުރެވެ އެވެ.

ލޮލަކީ އެންމެ ނާޒުކު އެއް ގުނަވަން ކަމުން ލޮލަށް ފަރުވާ ދިނުމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.

ސައިފަތަކީ ލޯ ކައިރި ކަޅުވުން ދުރުކޮށްދޭ އެއް ބާވަތެވެ. ސައި ތަށި ގިރުމަށް ފަހު ސައިފަތް ރައްކާތެރި ތަނެއްގައި ބާއްވާށެވެ. ސައިފަތުގެ ހޫނުކަން ފިލުމުން ލޯ ކައިރީގައި މަޑު މަޑުން ސައިފަތް ހާކާލާށެވެ. ނުވަތަ ސައިފަތް ކުޑަކޮށް ފިނިކޮށްލުމަށް ފަހު ވެސް ބޭނުންކޮށްލެވިދާނެ އެވެ. އެކަމުގެ ސަބަބުން ލޯ ކައިރީ ކަޅުވުން ސަލާމަތްކޮށްދީ އެ ހިސާބުގައި ލޭ ދައުރު ކުރާ މިންވަރު ވެސް ރަނގަޅުކޮށްދެ އެވެ.

ބައެއް މީހުން ލޯ ކައިރި ކަޅުވާ އިރު އެ ހިސާބުގައި ގިނަ އަދަދަކަށް މޭކަޕް ހާކަ އެވެ. ނަމަވެސް މިކަމުން މާ އެދެވޭ ނަތީޖާއެއް ނުފެންނަ އިރު ލިބެނީ ވަގުތީ ނަތީޖާ އެކެވެ. މާ ގިނައިން ލޯ ކައިރީގައި މޭކަޕްގެ ބާވަތްތައް ބޭނުން ނުކުރާށެވެ.

ކުދީނާ ފަތް ނުވަތަ މިންޓް ފަތަކީ ވެސް ލޯ ކައިރި ކަޅުވުން ސަލާމަތްކޮށްދޭ އެއް ބާވަތެވެ. ކުދިނާ ފަތްކޮޅެއް ލޯ ކައިރީގައި ހާކާލުމުން ވެސް އެކަމަށް ދާއިމީ ހައްލެއް ލިބިގެން ދެ އެވެ. އެއާ އެކު ކުދީނާ ފަތް ބޭނުންކޮށްގެން ޕޭސްޓްއެއް ވެސް ތައްޔާރު ކުރެވިދާނެ އެވެ. ކުދީނާ ފަތް ރަނގަޅަށް ޗިސް ކޮށްލުމަށް ފަހު އަލްމަންޑް ތެޔޮ ކޮޅަކާ އެއްކޮށްލާށެވެ. އެއަށް ފަހު ލޯ ކަޅުވާ ހިސާބުގައި ހާކާލާށެވެ. ހަފްތާ އަކު ދެ ފަހަރު ނަމަވެސް އެކަން ތަކުރާރު ކޮށްލާށެވެ.

ލޯ ކައިރިން ކަޅުވުން ދުރުކޮށްދޭ އެކައްޗަކީ ފިނި ފެނެވެ. އެހާ ފިނި ނޫން ފެނުން މޫނު ދޮންނަށް އާދަކުރާށެވެ. އެކަމުގެ ސަބަބުން ލޯ ކައިރީ ހަރަކާތްތެރިވާ ޓީޝޫތަކަށް ވެސް ދިރުން ގެނެސްދެ އެވެ.

މައުލޫމާތު: އޮތޯރިޓީ ރެމެޑީސް