އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލްޓެނިސް އިވެންޓްގެ އަންހެން ޑަބަލްސް އިވެންޓްގެ ކުއާޓާ ފައިނަލުން ރާއްޖެ އިއްޔެ ބަލިވެއްޖެ އެވެ.

ސީޝެލްސްގެ ޕެއައާޢި ދެކޮޅަށް ރާއްޖޭގެ ޖުމާނާއާއި ނިޝާ ބައްދަލުކުރި މެޗުން ރާއްޖެ ބަލިވެފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗްގައި ރިޔޫނިއަންއާއި ދެކޮޅަށް މުއީނާއާއި ޝިއުރާ ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މިމުބާރާތުގެ ސިންގަލްސް އިވެންޓްގައި ދެން ރާއްޖެ ކުޅުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.