ހޮލީވުޑްގެ ބަތަލާ އަދި މޮޑެލް ހެދާ މެންޒީސް މަރުވެއްޖެ އެވެ.

ހެދާ އަކީ 1965 ވަނަ އަހަރު ނިކުތް "ސައުންޑް އޮފް މިއުޒިކް"ގައި އޭނާ ކުޅުނު ލޫސިއާގެ ރޯލުން މަޝްހޫރުކަން ހޯދި ތަރިއެކެވެ. މީގެ އިތުރުން އޭނާ ވަނީ ޓީވީ ސީރީޒް ލޯގަންސް ރަންގައި ވެސް މުހިއްމު ރޯލެއް ކުޅެފަ އެވެ.

ހެދާ މަރުވީ ބްރެއިން ކެންސަރަށް ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 24 ވަނަ ދުވަހު އެވެ. އޭރު އުމުރަކީ 68 އަހަރެވެ.

ހެދާ މަރުވި އިރު އޭނާގެ ދެދަރިންނާއި މާމަ ދަރިން ދުނިޔޭގައި އެބަތިއްބެވެ. ހެދާގެ މަރާ ގުޅިގެން ސައުންޑް އޮފް މިއުޒިކްގެ ޓްވިޓާ ހޭންޑްލް އިން ވަނީ ޓްވީޓެއް ކޮށް އާއިލާއަށް ތައުޒިޔާ ކިޔައިފަ އެވެ.