25 Dec 2017, 23:26
ހާފިޒުންނާ ގުޅޭ ހުރިހާ ކަމެއް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ހާފިޒުކަމުގެ އިމްތިހާނުކުރުމާއި، ހާފިޒުކަމުގެ ސަނަދު ދޫކުރުމާއި، ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް ދިނުން އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަކީ، ހަމައެކަނި ކީރިތި ގުރުއާނާބެހޭ މަރުކަޒުން ކުރާ ކަންތައްތަކެއްކަމުގައި ރައީސް ޔާމީން މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.
ހާފިޒުންގެ ދަފްތަރު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު ވެސް ރައީސް ވަނީ ގުރުއާނާ ބެހޭ މަރުކަޒާ ހަވާލުކޮށްފައެވެ.
ރައީސް ޔާމީން އެގޮތަށް ހަމަޖެއްސެވީ ފަސޭހަކަމާއެކު އޮޅުންކުޑަގޮތަކަށް އެކަން ކުރެއްވޭނެކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.