ރ. މަޑުއްވަރީގައި ފުލުހުން ދުއްވަން ގެންގުޅޭ ކާރަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޑުއްވަރީގައި ބޭނުންކުރާ ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު އެރަށުން ހައްޔަރުކޮށްފައި ވަނީ 41 އަހަރުގެ މީހެއް ކަމަށެވެ.

އޭނާގެ ބަންދަށް މާކުރަތު ކޯޓުން 15 ދުވަސް ވަނީ އިތުރުކޮށްފައެވެ.

މަޑުއްވަރީގައި ފުލުހުން ދުއްވަން ގެންގުޅޭ ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އެފަދަ އަމަލުތައް ހިންގާ މީހުންނާމެދު ގާނޫނުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.