25 Dec 2017, 13:39
އެއްގަމާއި ކަނޑަށް ޖައްސަން ޗައިނާއިން ހެދި އެންމެ ބޮޑު "އެންފިބިއަސް" މަތިންދާ ބޯޓުގެ ފުރަތަމަ ދަތުރު ކާމިޔާބު ކާމިޔާބުކަމާއެކީ ނިންމާލައިފި އެވެ.
އޭޖީ600 ކުންލޮންގްގެ ނަމުން ނަން ދީފައިވާ އެމަތިންދާ ބޯޓުގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާއެކީ ނިންމައިލައިފައިފައި ވަނީ އިއްޔެ އެވެ. މިއީ ޗައިނާގެ އަމިއްލަ އުފެއްދުމެކެވެ.
ޓާބޯޕްރޮޕް އިންޖީނު ބޭނުންކޮށްގެން ދުއްވާ އެބޯޓުގެ ދެ ފިޔަގަނޑުގައި ވެސް 127 ފޫޓު ހުރެ އެވެ. މިއީ 12 ގަޑިއިރުވަންދެން 50 މީހުން އުފުލުމުގެ ކުޅަދާނަކަން ލިބިފައިވާ ބޯޓެކެވެ.
ބޯޓު ޑިޒައިންކުރުމުގައި ހަރަކާތްތެރިވި ޗީފް ޑިޒައިނަރު ހުއާންގް ލިންކައިއެގައުމުގެ ޒިންހުއާ ނިއުސް އޭޖެންސީއަށް ވިދާޅުވީ ދަތުރު ވަރަށް ކާމިޔާބު ކަމަށާއި އަދި މިއީ އެފަދަ ބޮޑު ބޯޓެއް ދުނިޔޭގައި އުފެއްދި ފުރަތަމަ ފަހަރު ކަމަށެވެ.
އަސްކަރީކަންކަމުގައި ވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެބޯޓު ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އަލިފާންނިއްވުމަށާއި އަދި މެރިން ރެސްކިއު އޮޕަރޭޝަން ތަކަށެވެ. އެ ބޯޓަށް މިހާރު ވެސް 16 އޯޑަރު ލިބިފައިވާ ކަމަށް ވެސް ޗައިނާގެ ދައުލަތުގެ މީޑިއާ އިން ބުންޏެވެ.
ޗައިނާގެ އެ ބޯޓަކީ ބޮއެންް 737 އާ އެއްވަރުގެ ބޯޓެއް ނަމަވެސް މިއީ މަޝްހޫރު ބިލިއަނަރު ސްޕްރޫސް ގޫސްގެ އުދުހޭ ބޯޓަށް ވުރެ ކުޑަ އުޅަނދެކެވެ. ގޫސްގެ ބޯޓުގެ ދެ ފިޔަގަނޑުގައި 97 މީޓަރު ހުރެ އެވެ.
އެއްގަމާއި ކަނޑުގައި ޖެއްސޭ އެ ބޯޓަކީ ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި ހަދަމުންދާ ރައްތައް ކައިރީގައި ވެސް އޮޕަރޭޓްކުރުމަށް ވަރަށް އެކަށީގެންވާ އުޅަނދެކެވެ.