25 Dec 2017, 10:23
ކުރީގެ އެއް ނަމްބަރު އަންހެން ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ވިހެއުމަށް ޓެނިސް ކޯޓަށް އެނބުރި އަތުވެއްޖެ އެވެ.
އެމެރިކާ އަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ސެރީނާ ޓެނިހަށް އެނބުރި އައިސް ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ދުނިޔޭގެ ހަތް ނަމްބަރު ކުޅުންތެރިޔާ ޖެލީނާ އޮސްޓަޕެންކޯ އާ އެވެ.
މީގެ ހަތަރު މަސް ކުރިން ސެރީނާ ވިހޭއިރު، އޭނާ އަށް ލިބުނު އަންހެން ދަރިފުޅަށް ކީ ނަމަކީ އަލެކްސިސް އޮލިމްޕިއާ އޮހަނިއަން އެވެ.
މާބަނޑު ދުވަަސްވަރު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކުރީ އަހަރުގެ ކުރީކޮޅު އެވެ. ސެރީނާ އަށާ އޭނާގެ ލޯބިވެރިޔާ، މަޝްހޫރު އިންޓަނެޓް ސައިޓް ރެޑިޓްގެ ކޯ-ފައުންޑަރު އެލެގްޒިސް އޮހަނިއަން އަށް އަންހެން ދަރިއަކު ލިބުނީ މީގެ ދެމަސް ކުރިންނެވެ.
މިއަހަރުގެ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރުމަށް ފަހު، ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސެރީނާ ހުރީ މިހާތަނަށް ކުޅުމާ ދުރުގަ އެވެ.
މިއަހަރު ހޯދި އޮސްޓްރޭލިއަން އޯޕަންއަކީ، ސެރީނާގެ ކެރިއަރުގައި ހޯދި 23 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާއިރު، ސެރީނާ މިހާރު ވެގެން ގޮސްފައި ވަނީ، އޯޕަން އިރާގައި އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާ އަށެވެ.