25 Dec 2017, 10:02
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަނުން އެދާއިރާގެ ގާފަރަށް ޑަސްބިންތަކެއް ހަދިޔާކޮށްފި އެވެ.
ފައިސަލް ފައުންޑޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޑަސްބިންތައް ހަދިޔާ ކުރީ ކާށިދޫ ދާއިރާ އަށް ޓޫރިޒަމް ތައާރަފުވެގެން އަންނަ އިރު، ވެށި ރީތިކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ދެކޭތީ ކަމަށެވެ.
އޭގެ އިތުރުން ފައިސަލް ވަނީ ޝަހީދު އާދަމް ހަލީމްގެ ހަނދާނުގައި ބޭއްވި ގުރުއާން ކިޔެވުމުގެ މުބާރާތުން އެއް ވަނަ އަށް ދިޔަ ގާފަރު، ވޭވްސް، އައިމިނަތު ނުއާޝާ އަށް އުމްރާ ދަތުރެއް ވެސް ދެއްވައިފަ އެވެ.