ސަލްމާން ހާންގެ 'ޖުޅްވާ'ގެ ރީމޭކް 'ޖުޅްވާ2'ގައި ވަރުން ދަވަން ފެނިގެން ގޮސްފައިވާއިރު އަނެއްކާވެސް އޭނާގެ އެހެން ފިލްމެއްގެ ރީމޭކްގެ މަސައްކަތް ވަރުންއަށް ލިބިއްޖެއެވެ.

މިހާރު ބޮލީވުޑްގައި އެންމެ އުހަށް އަރާފައިވާ ތަރިކަމަށް ގަބޫލުކުރާ ވަރުންއަށް މި ފަހަރު ރީމޭކްގައި ހަރަކާތްތެރިވުމަށް ފުރުސަތު ލިބުނީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން އުފެއްދި "ބީވީ ނަންބަރު 1" އިންނެވެ.

ފިލްމުގެ ޑައިރެކްޓަރު ބުނީ މިހާރު ކުރަމުން އަންނަނީ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތްކަމަށާއި ސްކްރިޕްޓް ނިމުނުހާ އަވަހަށް ފިލްމުގެ ޝޫޓިންގެ މަސައްކަތް ފަށާނެކަމަށެވެ.

މި ފިލްމްގައި ހަރަކާތްތެރިވާ އެހެން ތަރިންވެސް އިއުލާން ކުރާނީ ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް ނިމުމުން ކަމަށް އޭނާ ބުންޏެވެ.

"ބީވީ ނަންބަރު 1"ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ކަރިޝްމާ ކަޕޫރާއި ސުޝްމީތާ ސެން އެވެ.