24 Dec 2017, 14:55
ވައްކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ބަލައިފާސްކުރިތަނަކުން ސީރިއާގެ ފައިސާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މި މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ޕޮލިސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހުޅުމާލޭގައި އިމާރާތްކުރުމަށް ދޫކޮށްފައިވާ ބިމެއްގެ ކައިރި ބަލައިފާސްކޮށް ހޯދާފައި 17000 ސީރިޔާ ޕައުންޑާއި ވަނީ 5700 އެމެރިކާ ޑޮލަރު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.
އެ ފައިސާތައް ފޮރުވާފައި ވަނީ ހުޅުމާލޭގައި އިމާރާތްކުރުމަށް ދޫކޮށްފައިވާ ބިމެއްގެ ކައިރީ ގަސްތަކެއްގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭ ޕޮލިސްޓޭޝަނުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.