އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސްގެ ޑަބަލްސް އިވެންޓްތަކުން ރާއްޖެ ބަލިވެއްޖެ އެވެ.

މިއަދު ހެނދުނު ކުޅުނު ހަތަރު މެޗްގެ ތެރެއިން ރާއްޖެ އެންމެ މެޗަކުން މޮޅުވި އިރު އަނެއް ތިން މެޗުން ރާއްޖެވަނީ ބަލިވެފަ އެވެ. އެގޮތުން ފުރަތަމަ މެޗްގައި ޝިއުރީއާއި ޝިއުރާ ސީޝެލްސްގެ ޕެއަ އާ ދެކޮޅަށް ކުޅުނު މެޗް 3-0 ގެ ނަތީޖާއަކުން ރާއްޖެވަނީ މޮޅުވެފަ އެވެ.

ނަމަވެސް ދެވަނަ މެޗްގައި މަޑަގަސްކަރައާއި ދެކޮޅަށް ތަމޫހުއާއި ޖުމާނާ ކުޅުނު މެޗުން ރާއްޖެ ބަލިވެފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި ތިން ވަނަ މެޗްގައި ޝިއުރީއާއި ޝިއުރާއާއި ދެކޮޅަށް މޮރިޝަސްގެ ކުޅުންތެރިން ކުޅުނު މެޗް 3-0 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އަދި ފަހު މެޗްގައި މުންސިފްއާއި މުއީނާއާ ދެކޮޅަށް ރިޔޫނިއަން ކުޅުނު މެޗުން ރާއްޖެ ބަލިވެފައި ވަނީ 3-1ގެ ނަތީޖާއަކުންނެވެ.