ވ. ފެލިދޫ ކައިރިން ޑިންގީއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އިއްޔެ މެންދުރުގެ ވަގުތެއްގައި ވ. އަތޮޅު ކަށަވަރު ކިޔާ ފަޅެއްކައިރިން ޑިންގީއެއް ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"އެއީ ކޮންތަނެއްގެ ޑިންގީއެއްތޯ ބެލުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ދަނީ ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިންގީ ފެނުނުއިރު އޭގައި އެއްވެސް މީހަކު ނެތް ކަމަށެވެ. ޑިންގީ މިހާރު އޮތީ ފެލިދޫ ފަޅުތެރޭގައި ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.