ބޮލީވުޑްގެ އެންމެ ކުޅަދާނަ ބަތަލާ ކާޖޮލް ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމުގައި ކުޅޭނީ ލަވަކިޔުންތެރިއެއްގެ ރޯލުކަމަށް "އެލާ"ގެ ޓީމުން ބުނެފި އެވެ.

ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ "އެލާ" ފިލްމަކީ އެކަނިވެރި މައެއްގެ ދިރިއުޅުން ދައްކުވައިދޭ ތަނެވެ. އޭނާ ފެނިގެންދާނީ މަޖުބޫރުން ކުރާ ކައިވެންޏަކަށް ކުއްޖަކު ލިބޭ ފަހުން ވަރިވެ އެކަނި މާ އެކަނި ދަރިފުޅު ބަލާބޮޑުކުރާ ތަން ފިލްމުން ފެނިގެންދާއިރު އޭނާ އަށް ލިބިފައިވާ ލަވަކިޔުމުގެ ހުނަރު އިތުރަށް ފުޅާކޮށް އޭނާގެ ހުވަފެން ކާމިޔާބު ކުރާ ތަނެވެ.

ޕްރަދީޕް ސަރްކާރް ޑައިރެކްޓްކުރާ އެ ފިލްމަކީ ބެޓާ ކާގްޑޯގެ އަސްލަކަށް ބަލައިގެން ހިންދީ ބަހުން އުފައްދާ ފިލްމެކެވެ.

ފިލްމް ރިލީޒްކުރާ ތާރީހް އަދި އިއުލާންކޮށްފައި ނުވާއިރު ފިލްމުގެ މަސައްކަތް ފަށާނީ ކުޑަ ކުއްޖާ ރޯލު ކުޅޭނެ ކުޑަ ކުއްޖެއް ލިބުމުން ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.

ކާޖޮލް އެންމެ ފަހުން ކުޅުނު ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމް "ދިލްވާލޭ" އެވެ.