ސީޝެލްސްގައި މިހާރު ކުރިއަށްދާ އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އިވެންޓްގެ ފިރިހެން ސިންގަލްސް ކުއާޓާ ފައިނަލުގެ ޖާގަ ރާއްޖޭގެ ހަތަރު ކުޅުންތެރިން ހޯދައިފި އެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ ރާއްޖޭގެ ހަތަރު ކުޅުންތެރިންނަކީ މުހައްމަދު އަޖްފާންއާއި މުހައްމަދު ޝާރިމްއާޢި މުހައްމަދު ނަޝްފާންގެ އިތުރުން ނަޝީއު އެވެ.

ރާއްޖޭގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި އަޖްފާން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައި ވަނީ ރިޔޫނިއަންގެ ދެވަނަ ކުޅުންތެރިޔާ އާއި ދެކޮޅަށް ކުޅުނު މެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. ޝާރިމް ވެސް ސީދާ ދެސެޓުން މަޑަގަސްކަރައިގެ ކުޅުންތެރިޔާގެ މައްޗަށް ކުރި ހޯދިއިރު ނަޝްފާންވެސް ވަނީ ސީދާ ދެ ސެޓުން މެޗް ކާމިޔާބުކޮށްގެން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ނަޝީއު މިމުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައި ވަނީ ރިޔޫނިއަންގެ ކުޅުންތެރިއަކާއި ދެކޮޅަށް ކުޅުނު މެޗް ވާދަވެރިކުޅުމަކަށްފަހު 2-1ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު އެވެ.