24 Dec 2017, 13:31
އިސްލާމިކް ބޭންކުގެ ބުރާންޗެއް ފުވައްމުލަކުގައި މިއަދު ހެނދުނު ހުޅުވައިފި އެވެ.
ފުވައްމުލަކުގެ ގިނަ ބަޔަކަށާއި އެ ރަށަށްދާ ގިނަ ބަޔަކަށް ފަސޭހައިން ދެވޭ ހިސާބުގައި ހުންނަ އެ ބްރާންޗު ހުޅުވައި ދެއްވީ އިސްލާމިކް ބޭންކުގެ ސީއީއޯ އަހުމަދު ރިޒާ އެވެ.
މިއަދު ހުޅުވި ބްރާންޗުން އިސްލާމީ ބޭންކުގެ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށް އިސްލާމިކް ބޭންކުން ބުންޏެވެ. އޭގެ ތެރޭގައި ޑިޕޮސިޓް ކުރުން، އިންވެސްޓްމެންޓް އެކައުންޓްސް، ވިޔަފާރިތަކާއި ފަރުދުންނަށް ފައިނޭންސިންގް ފެސިލިޓީސް، ޓްރޭޑް ފައިނޭންސްގެ އިތުރުން، ރެމިޓެންސް އާއި އަދި އީ-ބޭންކިން އާއީ އެހެނިހެން ޚިދުމަތްތައް ހިމެނެ އެވެ.

އިސްލާމިކް ބޭންކުގެ ބްރާންޗެއް ފުވައްމުލަކުގައި މިއަދު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިޔާތުގެ ތެރެއިން --ފޮޓޯ: އިސްލާމިކް ބޭންކު
އިސްލާމިކް ބޭންކުން ބުނީ މިއަދު ހުޅުވި ބްރާންޗަކީ، އެ ބޭންކުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް އެބޭންކުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ހުޅުވި ބްރާންޗެއް ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންގެ ބޭނުންތަކަށް އެ ރަށްރަށަށް ފައިނޭންޝިއަލް ހިދުމަތްތައް ފުޅާކޮށް، އެ ސަރަހައްދުތަކުގައި އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ތަރައްގީ ކުރުމަށް އެހީތެރިވެދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ގޮވައިލައިފަ އެވެ.

ފުވައްމުލަކުގައި މިއަދު ހުޅުވި އިސްލާމިކް ބޭންކުގެ ބްރާންޗުގައި ހިދުމަތްދެނީ-- ފޮޓޯ: އިސްލާމިކް ބޭންކު
އިސްލާމިކް ބޭންކުގެ ބްރާންޗުތައް މާލެ ފިޔަވައި މިވަގުތު ހިދުމަތްދެމުންދަނީ ހުޅުމާލެ އާއި އައްޑޫ ސިޓީގެ ހިތަދޫ އާއި، ގދ. ތިނަދޫގެ އިތުރުން ހދ. ކުޅުދުއްފުށީފަ އެވެ.