24 Dec 2017, 12:07
ސައުދީ ސަރުކާރުގެ އެހީގައި ނ. މާޅެންދޫގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި އެެވެ.
މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މާޅެންދޫ މަސްޖިދުއް ތަޤުވާ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އެ މިސްކިތަކީ ސައުދީ ސަރުކާރުގެ ހިލޭ އެހީގައި އެ ރަށުގައި އިމާރާތްކުރި މިސްކިތެކެވެ. މިސްކިތް އިމާރާތްކުރުމަށް ސައުދީ ސަރުކާރުން ވަނީ ފަސް މިލިއަން ރުފިޔާގެ އެހީއެއް ދީފަ އެވެ.
ފަސްސަތޭކަ މީހުންގެ ޖާގައިގެ އެ މިސްކިތް އިމާރާތްކޮށް ނިންމާފައި ވަނީ މި އަހަރުގެ ޖޫން މަހު އެވެ. މާޅެންދޫ އަކީ އާބާދީގައި 900 މީހުން ދިރިއުޅޭ ރަށެކެވެ.
ރައީސް ޔާމީން ވަނީ އެރަށު ބަނދަރު ވެސް ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފަ އެވެ. އެ ބަނދަރަކީ 26 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ބަނދަރެކެވެ.