10 Aug 2011, 15:12
ވިޔަފާރި ރަޖިސްޓްރީކުރުމުގެ ބިލް މަޖިލީހަށް އިގުތިސޯދީ ކޮމެޓީ އަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ހުށަހެޅުއްވި މި ބިލް ކޮމެޓީއަށް ފޮނުވީ ޖަލްސާގައި ތިއްބެވި 52 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް އެ ބިލް ބަލައިގަތުމަށް ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެންބަރުން ތިއްބެވި އެވެ.
ވިޔަފާރި ރަޖިސްޓްރީކުރުމުގެ ބިލްގައިވާ ގޮތުން ރާއްޖޭގައި ކޮންމެ މީހަކަށް ކޮންމެ ވިޔަފާރިއެއް ވެސް ކުރެވޭނީ އެކަމަކާ ގުޅޭ ތަނެއްގައި ރަޖިސްޓްރީކޮށްގެންނެވެ.
މިބިލަށް އިދިކޮޅު ފަރާތްތަކުން ފާޑު ވިދާޅުވި ނަމަވެސް އެބިލަކީ މުހިއްމު ބިލެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބިލުގައި ވިޔަފާރި ޖަސްޓްރީ ކުރުމަށް ކުރަން ޖެހޭ ކަންތައްތަކަށް ފައިސާ ދައްކަން ޖެހޭ ގޮތަށް އޮތުމުން ކަންބޮޑުވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.