ސްމާޓް ފޯނުގެ ވާދަވެރި ބާޒާރުގައި ފައިހަމަ ކޮށްފައިވާ ޗައިނާގެ "ވަން ޕްލަސް" އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަސްޓަމަރުންގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. ވަން ޕްލަސްގެ އެންމެ ފަހުގެ ދެ ފޯނު ވަން ޕްލަސް 5 އައި 5 ޓީ ނެރުނުތާ މާ ގިނަދުވަހެއް ނުވެ ވަން ޕްލަސް 6 ވެސް މިވަނީ އިއުލާނު ކޮށްފަ އެވެ.

ވަން ޕްލަސް އަށް ލޯބި ކުރާ ގިނަ ބަޔަކު ވަން ޕްލަސް 5 ޓީ އެއް ގަންނަން ނިޔަތް ގަނެގެން ތިއްބާ އާ މޮޑެލް އެއް އިއުލާނު ކުރުމާ އެކު ވަން ޕްލަސް 6 ގަންނަން މި ގުރޫޕު މަދު ކޮށްލުން ރަނގަޅުވާނެ އެވެ. މި ފޯނު ވެގެން ދާނީ ޑިސްޕްލޭގެ ދަށުގައި ފިންގާ ޕްރިޓް ސްކޭނާ ހިމަނާ ފުރަތަމަ ފޯނަށެވެ.

އަންނަ އަހަރުގެ މާޗުގައި ވަން ޕްލަސް 6 ލޯންޗު ކުރަން ނިންމާފައިވާ އިރު ޓެކް ހަބަރުތައް ގެނެސްދޭ ވެބްސައިޓުތައް ބުނާ ގޮތުގައި މި ފޯނުގައި ހިމެނޭ ޑިސްޕްލޭ ދަށުގައި އިންނަ ފިންގާ ޕްރިންޓު ސްކޭނާގެ އިތުރުން ފޭޝިއަލް ރިކޮގްނިޝަން އަދި ތްރީޑީ ކެމެރާ އެއް ހިމެނޭނެ އެވެ.

މީގެ އިތުރުން ވަން ޕްލަސް 6 އަކީ ބެޓެރީ ލައިފް ދިގު، ވަން ޕްލަސްގެ އެހެން ފޯނުތަކާ އަޅާބަލާ އިރު ގްރެފިކްސް އާއި ފޮޓޯ ކޮލެޓީ އަދި އޯޑިއޯގެ ކޮލެޓީ ވެސް ރަނގަޅު ފޯނަކަށް ވާނެ އެވެ.

މި އަހަރުގެ ޖޫންގައި ޕްލަސް 5 އަދި އޮކްޓޯބަރުގައި 5 ޓީ ރިލީޒްކުރި އިރު ސްމާޓު ފޯނުގެ ވާދަވެރި ބާޒާރުގައި އެންމެ ކުރިއަރާފައިވާ އެއް ބްރޭންޑަކީ މިހާރު ވަން ޕްލަސް އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

މީގެ ކުރިން ވަން ޕްލަސް ފާހަގަވެފައި ވަނީ ފަހުގެ ޓެކްނޮލަޖީ އެކުލެވޭ، އަގުހެޔޮ ފޯނު ތަކެއްގެ ގޮތުގައި ނަމަވެސް އެންމެ ފަހުން މި ބްރޭންޑު ވެސް މިހާރު މިވަނީ އަގުބޮޑު ފޯނުތަކުގެ ލިސްޓުން ޖާގަ ހޯދައިފަ އެވެ.

(އިންޑިއަން އެކްސްޕްރެސް އަދި މެޝެބަލް)