ދީނީ ކައުންސިލިންއާއެކު މިއަހަރުގެ އިސްލާމިކް ފެއާ މިރޭ ހުޅުވައިފިއެވެ.

ބާރަ ބުކްޝޮޕްގެ ސްޓޯލްތަކާއެކު އިސްލާމިކް މިނިސްޓްރީގެ މައިދާނުގައި މިރޭ އެ ފެއާ ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އިސްލާމިކް މިނިސްޓްރީން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އާލާކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން އެ ފެއާ ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އިސްލާމިކް ފެއާ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އާދިއްތަ ދުވަހާ ހަމައަށް ކުރިއަަށްގެންދާ އެ ފެެއާގައި، ގައުމީ ޔުނިވާސިޓީގެ އިތުރުން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ވެސް ބައިވެރިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ ފެއާގައި ދީނީ، އިސްލާމީ ސަގާފަތާއި އަދި ތާރިހާބެހޭ މައުލޫމާތު ހިމެނޭ ފޮތްތައް ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ފެއާގައި ދީނީ ކައުންސިލިން ދެއްވާނީ ދީނީ އިލްމުވެރިން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމް ދީނާއި އިސްލާމީ ތާރީޚާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންދާ އިސްލާމިކް ފެއާ 2014 އަދި 2015 ވަނަ އަހަރު ބާއްވާފައެއް ނުވެއެވެ.