22 Dec 2017, 20:37
އިންޖީނު ހަލާކުވެ ޅ. އަތޮޅާ ދިމާލަށް އޮޔާ ދާ ލަންކާ މަސް ބޯޓެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ލަންކާގެ 'ލަކްޕްރިޔާ' ނަމަކަށް ކިޔާ އެ އުޅަނދުގެ އިންޖީނު ހަލާކުވެ އޮޔާ ދަމުންދާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:30 އެހާކަންހާއިރު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ލަންކާގެ ނޫހެއް ކަމަށްވާ ހިރޫ ނިއުސް އިން ބުނެފައިވާ ގޮތުން، އޮޔާ ދާ އެގައުމުގެ މަސްބޯޓުގައި ހަ މީހުންނާއެކު ގިނަ ދުވަސް ތަކަކަށް މަސްވެރިކަމަށް ފުރި އުޅަނދެކެވެ.
ލަންކާގެ ބެރުވަލާ ފިޝަރީޒް ހާބަރުން މިދިޔަ މަހުގެ 21 ވަނަ ދުވަހު މަހަށް ނުކުތް އެ ދޯނީގެ ހަބަރެއް ނުވެގެން އެކަމުގެ މައުލޫމާތު އާއިލާއަށް އަންގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އަދި ބޯޓުގެ ވެރިފަރާތުން އުޅަނދުގައި ތިބި މަސްވެރިން ސަލާމަތް ކުރަން އިތުރު ބޯޓެއް ފޮނުވާފައިވާ ކަމަށް ވެސް ލަންކާގެ މީޑިއާތަކުން ބުނެއެވެ. ނަމަވެސް އޭގައި ތިބި މަސްވެރިންގެ ހާލެއް އަދި ނޭނގެއެވެ.