22 Dec 2017, 10:56
ދިވެހީންގެ މެދުގައި އަންނާރަކީ ޒަމާނުއްސުރެ ވެސް ބޭނުން ކުރަމުން އަންނަ، އަނގަޔަށް މީރު މޭވާ އެކެވެ. އަންނާރަކީ އޭގެ ޒާތުގައި ތިމާގެ ސިއްހަތަށް ގިނަ ފައިދާ ތަކެއް ކުރުވާ މޭވާ އެކެވެ.
ކެންސަރު ޖެހުމުން ދުރުކޮށްދޭ
އަންނާރު ކެއުމަށް އާދަކޮށްފި މީހަކު ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ. ކެންސަރު ސެލްތައް އުފެދުނަ ނުދީ ހިފަހައްޓައިދެއެވެ.
ހިތުގެ މައްސަލަތަކުން ދުރުކޮށްދޭ
އަންނާރަކީ ހިތުގެ މައްސަލަ ހުންނަ މީހުން، ކެއުމަށް އެންމެ ރަނގަޅު އެއް މޭވާއެވެ. އަންނާރުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މީހާ ހިތުގެ ބަލިތަކުން ސަލާމަތްކޮށްދެއެވެ.
ލޭ މައްޗަށް ދިޔުން ކުޑަކޮށްދޭ
ލޭގެ ޕްރެޝަރު އެއް މިންވަރެއްގައި ހިފަހައްޓައިދެއެވެ. ހާއްސަކޮށް އަންނާރު ޖޫސް ބޭނުން ކުރުމުން ލޭ މައްޗަށް ދާ މީހާގެ ލޭ މައްޗަށްދިއުން ކުޑަކޮށްދެއެވެ.
ހަނދާން ގަދަކޮށްދޭ
ދުވާލަކު މަދުވެގެން އަށް ތަށި އަންނާރު ޖޫސް ބުއިމުން ހަނދާނުގެބައި ވަރުގަދަކޮށްދީ ގިނަ ވަގުތު މުހިއްމު ކަންތައްތައް ހަނދާނުގައި ބަހައްޓައިދޭކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.
ހަކުރު ހުންނަ މީހުންނަށް ރަނގަޅު ފަރުވާ އެއް
އަންނާރަކީ އޭގެ ޒާތުގައި ހަކުރުގެ ލެވެލް މަދު މޭވާ އެކެވެ. އެ ކެއުމުގެ ސަބަބުން ހަކުރުގެ ލެވެލް ދަށްވެ ހަކުރު ލެވެލް އެއް މިންވަރެއްގައި ހިފަހައްޓައިދެއެވެ.
މަސްދަރު: މެޑިކަލް ނިއުސް ޓްޑޭ