އިނގިރޭސިވިލާތުގެ ގޭންގްތަކުން އެގައުމުގެ މައި ސިޓީތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިތުރު މެޗްތަކެއް ފަސްކުރަން ޖެހިދާނެ ކަމަށް ޕްރެމިއާ ލީގު އަދި ފުޓްބޯޅަ ލީގުން ހާމަކޮށްފި އެވެ.

ޕްރެމިއާ ލީގު މެޗްތައް ފަސްކުރާނަމަ މާދަމާ ބަޔާނެއް ނެރޭނެ ކަމަށް ވެސް ޕްރެމިއާ ލީގު އަދި ފުޓްބޯޅަ ލީގުން ވެސް ވަނީ ބުނެފަ އެވެ.

އިނގިރޭސި ވިލާތުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިހާރު ވެސް ވަނީ އެކުވެރިކަމުގެ ދެ މެޗެއް ކެންސަލްކޮށް، ކާލިންގް ކަޕްގެ މެޗްތައްވެސް ފަސްކޮށްފަ އެވެ. އަދި އިނިގިރޭސި ވިތާއި ހޮލެންޑް ވެމްބްލީ ސްޓޭޑިމްގައި ބައްދަލުކުރާ އެކުވެރިކަމުގެ މެޗާއި ގާނާއާއި ނައިޖީރިއާ ވެޓްފޯޑް ވިކަރޭޖް ރޯޑް ސްޓޭޑިއަމްގައި ބައްދަލުކުރާ މެޗް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއް އިންތިޒާރު ކުރަމުން އަންނަ ޕްރެމިއާ ލީގުގެ 2011-12 ވަނަ ސީޒަންގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފަށާއިރު ޕްރެމިއާ ލީގު އަދި ފުޓްބޯޅަ ލީގުން 24 ގަޑިއިރު ތެރޭގައި މެޗްތައް ކުރިއަށް ގެންދާނީތޯ ބަލާނެ ކަމަށް ހާމަކޮށްފައިވެ އެވެ.

"ޕޮލިހާއި ކްލަބްތަކާއި މަޝްވަރާކޮށް މާދަމާ ޕްރެމިއާ ލީގު އަދި ފުޓްބޯޅަ ލީގުން ގޮތެއް ނިންމައި ބަޔާނެއް ނެރެވޭނެ. ޕްރެމިއާ ލީގު އަދި ފުޓްބޯޅަ ލީގުން މިހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވޭ. ލަންޑަންގައި ކުޅޭ މެޗްތައް ފަސް ވިޔަސް ލަންޑަންގައި ކުޅޭ މެޗްތައް ކުރިއަށް ގެންދެވޭނެކަން މާދަމާ އެނގިގެންދާނީ." ޕްރެމިއާ ލީގު އަދި ފުޓްބޯޅަ ލީގުން ނެރުނު ބަޔާނެއްގައިވެ އެވެ.