21 Dec 2017, 14:18
ގދ. ރަތަފަންދޫގައި އެކަނި ދިރިއުޅެމުން ދިޔަ، އުމުރުން 65 އަހަރުގެ މީހާއާ ދައުލަތުން ހަވާލުވެއްޖެއެވެ.
މީގެ ކުރިން ރަތަފަންދޫގެ ރައްޔިތުންނަށް ގިނަ އެހީތަކެއް ފޯރުކޮށްދިން، އެރަށުގެ "މަދަދުގާރު" ރެއްކާ ބެއްޔާގެ އެކަނިވެރި ހާލުގެ ވާހަކަ އާންމުންގެ ސަމާލުކަމަށް އައީ ފޭސްބުކްގައި މީހަކު ކުރި ޕޯސްޓަކުންނެވެ.
އަމިއްލަ ދަރިއަކު ނުހުންނަ، އަދި މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ރެއްކާ ބެއްޔާގެ އާއިލާގެ އެއްވެސް މީހަކު ނެތުމުން އޭނާ ހުރީ ބިކަވެފައެވެ. އޭނާގެ ހާލަތާ ބެހޭގޮތުން "ސަން"ގައި މީގެ ކުރިން ވަނީ އެވެ.
ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފް އަސްލަމް "ސަން"އަށް މިއަދު ވިދާޅުވި ގޮތުގައި، ޖެންޑާ މިނިސްޓްރީން އިއްޔެ ވަނީ އެރަށަށް ގޮސް ރެއްކާ ބެއްޔާއާ ހަވާލުވެފައެވެ.
"އިއްޔެ މެންދުރު 3:30 ހާއިރު އައިސް އޭނާ ގެންދިޔައީ ގދ. ތިނަދޫއަށް،" ހުނައިފް ވިދާޅުވިއެވެ.
ހުނައިފް ވިދާޅުވި ގޮތުގައި، މިވަގުތު އެއަތޮޅު ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ރެއްކާ ބެއްޔާ އެޑްމިޓުކޮށް، ރާއްޖެ ބައްޔަށް (އާތުރައިޓިސް) ފަރުވާ ކުރަމުން އެބަ ގެންދެއެވެ.
"ތިން ދުވަސް ތެރޭގައި އެ ބޭބެ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް އަންގަނީ. ތަދުވެސް ކުޑަވަމުންދާ ކަމަށް އެ ބޭބެ ބުނަނީ،" ހުނައިފް ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓްރީން ރެއްކާ ބެއްޔާ ގެންދާނީ ގދ. ތިނަދޫގައި ހުންނަ، އެ މިނިސްޓްރީން ހިންގާ މަރުކަޒަށެވެ.