10 Aug 2011, 12:40
ހދ. ކުޅުދުއްފުށީގައި ރޭ ހިނގި މާރާމާރީއެއްގައި ޒުވާނެއްގެ ބޯ ފަޅާލި މައްސަލައެއްގެ ތުހުމަތުގައި އެރަށުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 9:15 ހާކަންހާއިރު ކުޅުދުއްފުށީގައި ބަޔަކު ހިންގި މާރާމާރީގައި އެޒުވާނާގެ ބޯފަޅައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާތީ އޭނާ އަށް އެ ރަށު ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށެވެ.
ނަމަވެސް އެމާރާމާރީގައި ބައިވެރިވީ ކިތައް މީހުން ކަމެއް އަދި ހައްޔަރުކުރި މީހާއާ ބެހޭ އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރޭގެ މާރާމާރީގައި އަނިޔާވެފައި ވަނީ މާލެ އައުމަށްޓަކައި ކުޅުދުއްފުއްޓަށް ގޮސް ހުރި ހދ. މަކުނުދޫގެ ޒުވާނަކަށެވެ.