21 Dec 2017, 11:09
ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާއާއި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީގެ ކައިވެނި ޕާޓީގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދީފި އެވެ.
ކައިވެންޏަށްފަހު އެނބުރި އިންޑިއާއަށް ގޮސް މި ދެތަރިން ވަނީ ބޮޑުވަޒީދު މޯދީއާ ބައްދަލުކޮށް ރިސެޕްޝަނަށް ދައުވަތު ދީފައެވެ. އަނުޝްކާއާ ވިރާޓްގެ ކައިވެންޏަށް މަރުހަބާ ވިދާޅުވެ މޯދީ ވަނީ ޓްވީޓެއްވެސް ކުރައްވައިފައެވެ.
Captain of the Indian cricket team@imVkohliand noted actor@AnushkaSharmamet PM@narendramodithis evening. The Prime Minister congratulated them on their wedding.pic.twitter.com/sFP52DCJH3
— PMO India (@PMOIndia)December 20, 2017
އަނުޝްކާއާއި ވިރާޓްގެ ކައިވެނި ކުރީ މިމަހުގެ 11 ވަނަ ދުވަހު އިޓަލީގައެވެ. ދެމީހުންގެ ހަނީމޫން ހޭދަކުރީ ފިންލޭންޑްގައި ކަމަށް ބައެއް ހަބަރުތައް ބުނެއެވެ.
ކައިވެންޏަށްފަހު އާއިލާއާއި ރައްޓެހިންނަށް އަދި ހާއްސަ މެހެމާނުންނަށް ބާއްވާ ރިސެޕްޝަން އޮންނާނީ މިއަދު ނިއު ދިއްލީގައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ބޮލީވުޑްގެ ތަރިންނާ ކްރިކެޓް ޓީމުގެ އެކުވެރިންނަށް ބާއްވާ ޕާޓީއެއް މުމްބާއީގައި އޮންނާނެއެވެ.
ވިރާޓް އާއި އަނުޝްކާގެ ކައިވެނި ކުރީ ވަރަށް ސިއްރުންނެވެ. ކައިވެނީގެ ކަންތައް ކުރިއަށް ގެންދިޔަ ގޮތުން ބައެއް މީހުންގެ ނުރުހުމުގެ ބަސްތައްވެސް ދެތަރިންނަށް އަމާޒުވި އެވެ.