ދިއްލީ(ޑިސެމްބަރު 21): ކުށްކުރާ މީހުންނާ ގުޅޭގޮތުން ގެނެސްދިން، އިންޑިއާގެ ކުރީގެ މަޝްހޫރު ޓީވީ ޝޯ "އިންޑިއާސް މޯސްޓް ވޯންޓެޑް"ގެ ޕްރެޒެންޓަރަކު އަނބިމީހާ މަރާލުމުގެ ކުށުގައި އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އެމައްސަލަ ބެލި ނިއު ދިއްލީގެ ކޯޓުން ނިންމި ގޮތުގައި ސުހައިބް އިލްޔާސީ އޭނާގެ އަނބިމީހާ އަންޖޫ އިލްޔާސީ މަރާލީ، ވަޅިން ހަމަލާ ދީގެންނެވެ. މީގެ 17 އަހަރު ކުރިން އެހާދިސާ ހިނގި އިރު ސުހައިބް ބުނި ގޮތުގައި އޭނާގެ އަނބިމީހާ މަރުވީ އަމިއްލައަށެވެ.

ނަމަވެސް އަންޖޫ މަރުވި އިރު ސުހައިބް ދިޔައީ "ޑައުރީ" ފައިސާ އިތުރަށް ހޯދަން މަސައްކަތް ކުރަމުން ކަމަށް އަންޖޫގެ އާއިލާއިން ބުނުމުން، ފުލުހުން އެމައްސަލަ އިތުރަށް ތަހުގީގު ކުރަން ފެށި އެވެ.

ސުހައިބުގެ ވަކީލު ވަނީ މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގައި މީގެ ކުރިން ކައިވެނި ކުރާ އިރު ފިރިމީހާއަށްދޭ ޑައުރީ ފައިސާ ދިނުން ވަނީ 1961ގައި އެގައުމުން މަނާކޮށްފައެވެ. ނަމަވެސް އެއީ އަދިވެސް އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އާއްމުކަމެކެވެ. އަދި ޑައުރީ ނުދީގެން ކޮންމެ އަހަރަކު އެގައުމުން ގިނަ އަދަދެއްގެ އަންހެނުން އަނިޔާ އާއި މަރާ ކުރިމަތިލާންޖެހެ އެވެ. (ބީބީސީ)