މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ]އެމްއެންޑީއެފް[ގެ އެންލިސްޓެޑް ލީޑަރުންގެ ތެރެއިން ސާޖަންޓް މޭޖާ ކަމުގެ މަގާމަށް 10 ބޭފުޅަކު ޕްރޮމޯޓްކޮށްފި އެވެ.

އެމްއެންޑީއެފުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަގާމުގެ ކުރިއެރުން ދެއްވި ބޭފުޅުންނަށް މަގާމުގެ ކުރިއެރުން ދެއްވީ އާދިއްތަ ދުވަހުގެ ރެ އެވެ. މަގާމުގެ ކުރިއެރުމުގެ ލިއުން އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެބޭފުޅުންގެ އާއިލާ އިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް ސާޖަންޓް މޭޖާ ކަމުގެ މަގާމަށް ޕްރޮޕޯޓް ކުރެއްވި ބޭފުޅުންގެ ނަންތަކެއް އެމްއެންޑީއެފަކުން ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ރޭގެ ހަފުލާގައި އޭރިޔާ ކޮމާންޑްތަކަށާއި މައިގަނޑު ހިދުމަތްތަކަށް އައްޔަން ކުރެއްވި ސީނިއާ އެންލިސްޓެޑް ލީޑަރުންނަށް މަގާމު ހަވާލުކުރެއްވި އެވެ. އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލެވެ.