14:30


ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓަށް އެރި އުމުރުން އެންމެ ހަގު ކުއްޖާގެ ރިކޯޑް އުމުރުން 13 އަހަރުގެ އެމެރިކާ ކުއްޖަކު މުގުރާލައިފި އެވެ.


އެމެރިކާގެ ކެލިފޯނިޔާ އަށް ނިސްބަތްވާ އުމުރުން 13 އަހަރުވީ ޖޯޑަން ރޮމޭރޯ މިރިކޯޑް މުގުރާލާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މިރިކޯޑް ކުރިން އޮތީ 2001 ވަނަ އަހަރު، އުމުރުން 16 އަހަރުގައި އެވަރެސްޓް ފަރުބަދައަށް އެރި ނޭޕާލްގެ ޒުވާނެއް ކަމަށްވާ ޓެމްބާ ޝެރީގެ އަތުގަ އެވެ.


އެވަރެސްޓް ފަރުބަދައަށް އެރުމަށް ނޭޕާލަށް ދިޔުމަށް ފަހު މިދިޔަ އޭޕްރީލްމަހު ރޮއިޓާސް ނިއުސް އޭޖެންސީ އާ ވާހަކަ ދައްކަމުން ރޮމޭރޯ ބުނީ އޭނާގެ އަމާޒަކީ ދުނިޔޭގެ ހަތް ކޮންޓިނެންޓުގެ ތެރެއިން ކޮންމެ ކޮންޓިނެންޓެއްގެ ވެސް އެންމެ އުސް ފަރުބަދައަށް އެރުން ކަމަށެވެ. އެވަރެސްޓް ފަރުބަދައަށް އެރުމާ އެކު މިހާރު އޭނާ އަށް ނޭރި އޮތީ ހަމައެކަނި އެންޓާކްޓިކާގެ އެންމެ އުސް ފަރުބަދައަށެވެ.


އެވަރެސްޓް ފަރުބަދައަށް އެރި އެންމެ ފުރަތަމަ އިންސާނާގެ ޝަރަފު ނިއުޒީލެންޑްގެ ސަރ އެޑްމުންޑް ހިލަރީ ހޯދި ފަހުން އެފަރުބަދަ މައްޗަށް ހަތަރު ހާހަށް ވުރެ ގިނަ މީހުން އަރާފައިވެ އެވެ.