10 Aug 2011, 11:32
ސީޝެލްސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމަށް މިމުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ލިބިއްޖެ އެވެ.
ރާއްޖެއަށް މިމުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ލިބިފައި ވަނީ އިއްޔެ މަޔޯޓޭ އާ ދެކޮޅަށް ކުޅުނު މެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރި ފަހުން ސީޝެލްސްއާއި ދެކޮޅަށް މޮރިޝަސް ކުޅުނު މެޗް 3-2 ސެޓުން ސީޝެލްސް މެޗް ކާމިޔާބުކުރުމުގެ ސަބަބުންނެވެ.
މިމެޗަށް ފަހު އޮތް ޓެކްނިކަލް ކޮމިޓީގެ ބައްދަލުވުމުމަށް ފަހު ރާއްޖެ އަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިފައި ވަނީ މޮރިޝަސްއާއި ސީޝެލްސް ކުޅުނު މެޗް ފަސް ސެޓަށް ދިއުމުގެ ސަބަބުން ރާއްޖެއާއި މޮރިޝަސް ޕޮއިންޓްގެ ގޮތުން އެއްވަރުވެ ރާއްޖެ ދެމެޗުން މޮޅުވެފައިވާތީ އެވެ.
ރާއްޖެ ވަނީ މޮރިޝަސްއާއި މަޔޯޓޭ ގްރޫޕް ސްޓޭޖްގައި ބަލިކޮށްފަ އެވެ.