ޞިއްހީ ދާއިރާއިން މަތީތައުލީމު ފޯރުކޮށްދިނުމަށް ރާއްޖެއާ މެލޭޝިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް މެލޭޝިޔާ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހެލްތް"ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމާއި، މެލޭޝިޔާގެ މިނިސްޓަރ އޮފް ހެލްތް ދާތުކް ސެރީ ސުބްރަމާނިއަމް ކޭ ވީ ސަތަސިވަމެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި މެލޭޝިއާ އާ ދެމެދު މެޑިކަލް ޑިގްރީތައް "ބަލައިގަތުމާގުޅޭ" އެއްބަސްވުމަކަށް އާދެވޭނެކަމަށް މެލޭޝިއާގެ ބޮޑުވަަޒީރު ނަޖީބު ރައްޒާގު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ވަނީ އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމާބެހޭ ތަމްރީނާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް މެލޭޝިޔާ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ފަޔަރ ފައިޓިންގ އެންޑް ރެސްކިއު ޓްރެއިނިންގ"ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، މެލޭޝިޔާގެ މިނިސްޓަރ އާބަން ވެލްބީންގ އެންޑް ލޯކަލް ގަވަމެންޓް، ޓާން ސްރީ ނޫހް ބިން ހާޖީ އުމަރެވެ.

ދެ ގައުމުގެ ދެމެދުގައި މިއަދު ވަނީ ޖުމުލަ ހަތަރު އެއްބްސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ މަތީ ތައުލީމަށް އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމަކާ، ރާއްޖޭގެ ކަލްޗްރަލް ސެންޓްރެއް މެލޭޝިއާގައި ގާއިމް ކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ފަޔާ ފައިޓަރުން ތަމްރީނު ކުރުމާއި، ސިއްހީ ދާއިރާ އިން ތަމްރީނު ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.