20 Dec 2017, 11:53
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެންފޮދު ހިއްޕަވަނީ ކުޑަކުދިން ފެން ބޯހެން ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އެމަނިކުފާނަށް އަމާޒުވެއްޖެ އެވެ.
އެމެރިކާގެ އާ ނެޝަނަލް ސެކިޔުރިޓީ ސްޓެރެޓެޖީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ފެން ފޮދެއް ހިއްޕެވުމަށް ދެއަތްޕުޅުން ހިފަހައްޓަވައިގެން ހުންނަވާތަން އާންމުވެފައިވާ ވީޑިއޯ އާއި ފޮޓޯތައް ވަނީ ވަރަށް ބޮޑަށް ޓުވިޓާގައި ވައިރަލްވެފަ އެވެ.
Trump just used both of his hands to awkwardly drink water againpic.twitter.com/A3W9PPl2rq
— Aaron Rupar (@atrupar)December 18, 2017
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ޓްރަމްޕް ފެންފޮދު ހިއްޕަވާ ގޮތް އަޅާކިޔައި ޓުވިޓާގައި އެކަކު ބުނީ އޮބާމާ ފަދައިން ހަގީގީ ރައީސްއަކު ފެން ހިއްޕަވަނީ "ކޮންފިޑެންސް"އާ އެކު ކަމަށާއި ޓްރަމްޕް ފެންފޮދު ހިއްޕަވަނީ ހަތަރު އަހަރުގެ ކުޑަ ކުއްޖެއްހެން ކަމަށެވެ.
އެހެން މީހަކު ކުރި ޓުވީޓެއްގައި ސުވާލުކޮށްފައި ވަނީ ބޯހަމަޖެހޭ މީހެއްހެން ޓްރަމްޕަށް ފެންފޮދު ހިއްޕަވަން ނޭނގެނީ ކީއްވެގެންތޯ އެވެ.
ޓްރަމްޕް ކުރިން ވަނީ އެމެރިކާގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް މާކޯ ރޫބިއޯ ފެންފޮދު ހިއްޕަވާ ގޮތަށް ޖޯކުޖައްސަވައިފަ އެވެ. އެފަހަރު ޓްރަމްޕް ވިދާޅުވީ މާކޯ ފެންފޮދު ހިއްޕަވަން ޖެހޭނީ ތައްޓައް އަޅައިގެން ކަމަށާއި ފުޅިން ފެން ހިއްޕަވައިގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ތައްޓަށް އަޅައިގެން ފެންފޮދު ހިއްޕަވާ ނަމަ މީހުންގެ މަލާމާތް އެހާބޮޑަކަށް އަމާޒުނުވާނެ ކަމަށެވެ.
ޓަރަމްޕްއަކީ މީހުންނަށް މަލާމާތްކުރުމުގައި ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި މުޅިން ހަމަ ނޫން މީހަކަށް ޖޯކު ޖެއްސެވި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ.