20 Dec 2017, 01:34
ދިވެހި ފިލްމު އެވޯޑްސްގައި ބައިވެރިކުރި 17 ފިލްމުގެ ތެރެއިން އެންމެ މޮޅު ފީޗާ ފިލްމަކަށް ވާށޭ މަށާ އެކީ ހޮވިއްޖެއެވެ.
މިރޭ އޮލިމްޕަހުގައި ބޭއްވި އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެވޯޑް ދީފައިވަނީ 2014 އިން 2016 އާ ދެމެދު ރިލީޒްކޮށްފައިވާ ފިލްމުތަކަށެވެ.

ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރެއްވި މުސްތަފާ އަށް އެވޯޑް ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ޔޫތް މިނިސްޓްރީ
ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރެއްވީ މުސްތަފާ ހުސައިން އަދި އަސްލަމް ރަޝީދެވެ.

މިރޭގެ އެވޯޑްހަފްލާގައި ލަވަކިޔުންތެރިޔާ ލަމްހާ ލަވައެއް ހުށަހަޅައިދެނީ --- ފޮޓޯ: ޔޫތް މިނިސްޓްރީ
މިރޭގެ ފިލްމު އެވޯޑްސް ހަފްލާގައި ފީޗާ ފިލްމުގެ ބައިން އެވޯޑު ހާސިލްކުރި އިތުރު މީހުން:
ބެސްޓް ލިރިކްސް:ތަކުރަށް ބަހެއް / ޒީރޯ ޑިގްރީ - ހުޅުދާން
އޮރިޖިނަލް ސޯންގް:ފޯއެވާ އިން ލަވް/ މުހައްމަދު އިކްރާމް - 24 ގަޑިއިރު
ބެސްޓް އާޓް ޑައިރެކްޝަން:ވާށޭމަށާ އެކީ - މުހައްމަދު އަލީ އަދި އަލީ ޝިފާއު
ބެސްޓް މޭކަޕް:މަރިޔަމް މަޖުދާ - ހުޅުދާން
ބެސްޓް ވިޒުއަލް އެފެކްޓްސް:އަހުމަދު ޝިނާން -4426
ބެސްޓް ސިންގާ (އަންހެން):މަރިޔަމް އުނޫޝާ /ފޯއެވާ އިން ލަވް - 14 ގަޑިއިރު
ބެސްޓް ސިންގާ (ފިރިހެން):އަހުމަދު ނާޝިދު / ތަކުރަށް ބަހެއް - ހުޅުދާން
ބެސްޓް ކޮރިއޮގްރަފީ:މަރިޔަމް މަޖުދާ / ވާށޭ މަށާ އެކީ - ވާށޭ މަށާ އެކީ
ބެސްޓް ކޮސްޓިއުމް:މަރިޔަމް މަޖުދާ
ބެސްޓް ސައުންޑް މިކްސިން:މުހައްމަދު އިކްރާމް - ވާށޭ މަށާ އެކީ
ބެސްޓް ސައުންޑް އެޑިޓިން:މުހައްމަދު އިކްރާމް - މިކޮއި ބައްޕަ ބައެބައެ
ބެސްޓް ބެކްގްރައުންޑް މިއުޒިކް/ ސްކޯ:މުހައްމަދު އިކްރާމް - އެންމެފަހު ވިންދާ ޖެހެންދެން
ބެސްޓް އެޑިޓިން:އަލީ ޝިފާއު - ވާށޭ މަށާ އެކީ
ބެސްޓް ސިނަމަޓޯގްރަފީ:ޝިވާޒް އަބްދުﷲ - އަހްޝާމް
އޮރިޖިނަލް ސްކްރީންޕްލޭ:އައިޝަތު ފުއާދު - ހުޅުދާން
ބެސްޓް ނިއުކަމާ (އަންހެން):މަރިޔަމް މަޖުދާ - ހުޅުދާން
ބެސްޓް ނިއުކަމާ (ފިރިހެން):ޖުމައްޔިލް ނިމާލް - އަނިޔާ
ބެސްޓް ސަޕޯޓިން އެކްޓާ (އަންހެން):ޒީނަތު އައްބާސް - ވީބޭވަފާ
ބެސްޓް ސަޕޯޓިން އެކްޓާ (ފިރިހެން):އަހުމަދު ސައީދު - އަހްޝަމް
ބެސްޓް އެކްޓާ (އަންހެން):މަރިޔަމް މަޖުދާ - ވާށޭ މަށާއެކީ
ބެސްޓް އެކްޓާ (ފިރިހެން):ޖުމައްޔިލް ނިމާލު -ވާށޭ މަށާއެކީ
ބެސްޓް ޑައިރެކްޓާ:އަލީ ޝިފާއު - ވާށޭ މަށާ އެކީ

މިރޭގެ ހަފްލާގައި ގިނަ އެވޯޑްތަކެއް ހާސިލް ކުރި މަޖުދާ -- ފޮޓޯ: ޔޫތް މިނިސްޓްރީ
މިރޭގެ ހަފްލާގެ ޝަރަފްވެރި މެހެމާނަކީ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމެވެ. މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ހުނަރުވެރިކަން ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައިވެސް ފެންނަމުންދާ ކަމަށާއި އެކަން ސަރުކާރުން އެކަން ބަލައިގަންނަ ކަމަށެވެ.

ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރެއްވި އަސްލަމަށް އެވޯޑް ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ޔޫތު މިނިސްޓްރީ
ފިލްމީ ދާއިރާ ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ދިވެހި ސަގާފަތާއި އާދަކާދައާއި އިސްލާމް ދީނުގެ އުސޫލުތަކާ އެއްގޮތަށް މޮޅު ފިލްމުތަކެއް އުފެއްދުމަށް ޔޫތު މިނިސްޓަރު ވަނީ މިރޭ އެދިވަޑައިގެންފައެވެ.
ފިލްމު އެވޯޑްގައި ބައިވެރިކުރި ފިލްމުތަކަށް އިންސާފުކޮށްދެއްވީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޖަޖުންގެ ޕެނަލަކުންނެވެ.
ޖަޖުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
އަލި މަނިކު
- މުހައްމަދު ޝަރީފް
- މުހައްމަދު ޝަމީމް
- ޑރ. އަޝްރަފް އަބްދުއްރަހީމް
- އާމިލާ އާދަމް
- ހުސައިން އިމްތިޔާޒް
- ތައްޔިބު މުހައްމަދު