މިއަހަރުގެ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ކުރު ފިލްމުގެ އެވޯޑު ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރު ފިލްމު ވޫޑޫ އަށް ލިބިއްޖެއެވެ.

މިރޭ ކުރިއަށްދާ ދިވެހި ފިލްމު އެވޯޑްސް 8 ހަފްލާގައި އެވޯޑް ދީފައިވަނީ 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ނިކުތް ކުރުފިލްމުތަކެވެ.

ކުރު ފިލްމުގެ ބައިން އެންމެ މޮޅު ފިލްމަށް ވާދަކުރީކަޝްފު، ފަރިހިބެ 4 އަދި ވޫޑޫއެވެ. މި ބައިން އެންމެ މޮޅު އެކްޓަރުންނަށް ވާދަކުރީ ވާދަކުރަނީވޫޑޫ އިން އަބްދުﷲ ހުސައިން، ކަޝްފު އިން އިބްރާހިމް ޖިހާދު އަދި ފަރިހިބެ 4 އިން މުހައްމަދު އަބްދުﷲއެވެ.

ކުރު ފިލްމުތަކުގެ ކެޓަގަރީން އެންމެ މޮޅު އެކްޓްރެސް އަކަށް ވާދަކުރީކަޝްފު އިން ފާތިމަތު ފަރީލާ، ފަރިހިބެ 4 އިން ފާތިމަތު އާޒިފާ އަދި ތޭރައަށް ވިސްނާ ދެހާސް އިން ނިއުމާ މުހައްމަދެވެ.

ފިލްމު އެވޯޑްސްގައި ކުރުފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓާ އަދި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހޯދި އަޒޫ --- ފޮޓޯ: ޔޫތް މިނިސްޓްރީ

ފިލްމު އެވޯޑްސްގައި ކުރު ފިލްމުތަކުގެ ބައިން ޖުމްލަ އަށް ކެޓަގަރީ އަކުން އެވޯޑް ދީފައިވެއެވެ. އެއީ އެންމެ މޮޅު ފިލްމު، އެކްޓަރު، އެކްޓްރެސްގެ އިތުރުން ބެސްޓް ސަޕޯޓިން އެކްޓަރު އަދި އެކްޓްރެސް، ސިނަމޮޓޯގްރަފީ އަދި އެޑިޓިންގެ ބައިންނެވެ.

ކުރު ފިލްމުގެ ބައިން ގިނަ އެވޯޑްތަކެއް ހާސިލްކުރި އަލީ ޝިފާއު --- ފޮޓޯ: ޔޫތް މިނިސްޓްރީ

ކުރުފިލްމުގެ ބައިން ދިން އިތުރު އެވޯޑްތައް

ބެސްޓް ސިނެމޮޓޯގްރަފީ:އަލީ ޝިފާއު - ވޫޑޫ

ބެސްޓް އެޑިޓިން:އަލި ޝިފާއު - ވޫޑޫ

ބެސްޓް ސަޕޯޓިން އެކްޓާ (އަންހެން):ފާތިމަތު އާޒިފާ - 13 އަށް ވިސްނާ 2000

ބެސްޓް ސަޕޯޓިން އެކްޓާ (ފިރިހެން):އަހުމަދު ނާޝިތް - ވޫޑޫ

ބެސްޓް އެކްޓާ (އަންހެން):ފާތިމަތު އާޒިފާ - ފަރިހިބެ 4

ބެސްޓް އެކްޓާ (ފިރިހެން):އިބްރާހިމް ޖިހާދު - ކަޝްފު

ބެސްޓް ޑައިރެކްޓާ:އަލީ ޝިފާއު -ވޫޑޫ

ފިލްމު އެވޯޑްގައި ބައިވެރި ކުރި ފިލްމުތަކަށް އިންސާފުކޮށްދެއްވީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޖަޖުންގެ ޕެނަލަކުންނެވެ.

ޖަޖުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • އަލި މަނިކު

  • މުހައްމަދު ޝަރީފް
  • މުހައްމަދު ޝަމީމް
  • ޑރ. އަޝްރަފް އަބްދުއްރަހީމް
  • އާމިލާ އާދަމް
  • ހުސައިން އިމްތިޔާޒް
  • ތައްޔިބު މުހައްމަދު