19 Dec 2017, 19:21
ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކޮށްލަން ލިބޭ ދަތުރަކާއެކު ޚާއްސަ ޕްރޮމޯޝަނެއް އުރީދޫ އިން ފަށައިފިއެވެ.
އުރީދޫ ވޯލްޑް ޓުއާގެ ނަމުގައި މިއަދު ފެށި އެ ޕްރޮމޯޝަން މެދުވެރިކޮށް ކޮންމެ 10 ދުވަހަކުން އައިފޯން 8، އަދި ކޮންމެ މަހަކު ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރެއް ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި ކޮންމެ 10 ދުވަހަކުން، އަދި ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ހޯދާ ކަސްޓަމަރުންނަށް އެޕަލް އައިފޯން 8، އަދި ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރު ލިބޭނެއެވެ.
އެ ޕްރޮމޯޝަންގައި އެސްއެމްއެސް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. ޕްރޮމޯޝަންގައި ހިމެނެނީ އާއްމު މައުލޫމާތު، ޓެކްނޮލޮޖީ، ދަތުރުފަތުރު އަދި ލައިފްސްޓައިލްއާގުޅޭ ސުވާލުތަކެވެ. ޕްރޮމޯޝަންގައި ބައިވެރިވެ، އެސްއެމްއެސް މެދުވެރިކޮށް ރަނގަޅު ޖަވާބު ދޭ ކޮންމެ ފަހަރަކު 300 ޕޮއިންޓްލިބޭނެއެވެ. އަދި ޖަވާބު ނުބައިވި ނަމަވެސް ޖަވާބުދޭ ކޮންމެ ސުވާލަކަށް 100 ޕޮއިންޓް ލިބޭނެއެވެ.
ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ 10 ދުވަހަކުން، އަދި ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ލިބޭ މީހަކަށް އަގުހުރި އިނާމުތަކެއް ވެސް ލިބޭނެއެވެ.
ކޮންމެ 10 ދުވަހަކުން ހޮވޭ އެންމެ ގިނަ ޕޮއިންޓް ލިބޭ ބައިވެރިއަކަށް އެޕަލް އައިފޯން 8.
- ކޮންމެ މަހަކު ހޮވޭ އެންމެ ގިނަ ޕޮއިންޓް ލިބޭ ބައިވެރިއަކަށް ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރެއް.
ޕްރޮމޯޝަންގައި ބައިވެރިވުމަށް،އުރީދޫ ކަސްޓަމަރުން 555 އަށް ‘GO’ޖެހުމަށް ފަހު އެސްއެމްއެސް ފޮނުވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ޕްރޮމޯޝަން ހިނގަމުންދާނީ މިއަދުން ފެށިގެން އަންނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އުރީދޫ އިން ބުންޏެވެ.