ޗައިނާ އިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދުވަސްތަކަކަށް ފަހު އިތުރުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 120506 އަށް އަރައެވެ. މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަކީ 1246501 އެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ޗައިނާ އިން 21195 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތް ކޮށްފައިވަނީ 18954 ފަތުރުވެރިންނެވެ. މިއަހަރުގެ ނޮވެމްބަރުމަހު ޗައިނާ އިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 11.8 ޕަސެންޓް އިތުުރުވެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ މަހު 15.2 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޖަރުމަނު ވިލާތުންނެވެ. އެއީ 8.3 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިނގިރޭސިވިލާތުން ޒިޔާރަތްކުރި އިރު ތިން ވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރީ އިޓަލީ ވިލާތުގެ ފަތުރުވެރިންނެވެ.