އާސަންދަ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރުގެ މަގާމަށް ހ. ހޮޓެންސިއާ އަހުމަދު އަޒީމް ހަމަޖައްސައިފި އެވެ.

އޭނާ އެ މަގާމަށް ހަމަޖައްސާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑްގެ ޗެއާމަން މުހައްމަދު ނިޒާރު ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

އަޒީމް އާސަންދަ ކުންފުނީގެ އެމްޑީއަކަށް ހަމަޖެއްސެވި އިރު އޭނާ މިހާތަނަށް ހުންނެވީ އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލުގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގަ އެވެ.

އާސަންދަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އޭނާ މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް އައްޔަނު ކުރައްވައިފަ އެވެ.