18 Dec 2017, 14:22
މުމްބާއީ (ޑިސެމްބަރު 18): އިންޑިއާގެ މުމްބާއީގައި ހުންނަ ފިހާރައެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއްގައި 12 މީހަކު ފިހިގެން މަރުވެއްޖެ އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނި ގޮތުގައި އެ ހަދިސާގައި މަރުވެފައި ވަނީ އެފިހާރައިގެ މުވައްޒަފުންނެވެ. އަދި މީހުން ސަލާމަތް ކުރާ ފަރާތްތަކުން މިހާރު ދަނީ އަލިފާންގަނޑު ނިންވުމަށް ފަހު އިމާރާތުގެ ދަށުގައި އިތުރު މީހުން ތާށިވެފައިވޭތޯ ބަލަމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
މުމްބާއީގެ ސަކި ނާކާ ސަރަހައްދުގައި އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވި ނަމަވެސް ދި ހިންދޫ ނޫހުގައިވާ ގޮތުން ފިހާރައިގައި ރޯވީ ކަރަންޓު ޝޯޓެއް ވެގެންނެވެ.
މުމްބާއީގެ ފުލުހުން ވަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. (ބީބީސީ)