ބޭރަށް ހިންގުމަކީ ދެތިން ދުވަސްތެރޭ ފަސޭހަވާފަދަ ބައްޔެއް ނަމަވެސް ބޭރަށް ހިންގުން ޖެހުމުން އާންމު ސާފުތާހިރު ކަމަށާއި ކެއުމަށް ފަރުވާ ބަހައްޓަންޖެހެ އެވެ.

ބޭރަށް ހިންގާ ނަމަ އެންމެ ރަނަގޅު އެއްޗަކީ ސައިފަތުފެނެވެ. އެކި ކަހަލަ ހާބަލް ޓީ ބޭނުން ކުރާ ނަމަ ބޭރަށް ހިންގުން ކޮންޓްރޯލްވާލެއް އަވަސްވާނެ އެވެ. ސައިފަތުގެ ކުލަ ގަދަކޮށް ބޯން ހަނދާން ކުރައްޗެވެ.

ޖިންޖާ ޓީ:މިއީ ހަޖަމް ކުރުމުގެ ނިޒާމު ކުރީގެ ހާލަތަށް ގެނެސް ބޭރަށް ހިންގުން ކޮންޓްރޯލު ކުރާނެ ބުއިމެކެވެ.

ސިނަމަން ޓީ:މިއީ ރަހަ މީރު ހަށިގަނޑަށް ފައިދާ ކުރާނެ ބުއިމެކެވެ. ބޭރަށް ހިންގުމުން ހަށިގަނޑުން ފެން މަދުވުމަށް ހައްލެއް ގެނެސްދީ، ހަޖަމް ކުރުމުގެ ނިޒާމު ކުރީގެ ހާލަތަށް ގެނެސްދޭނެ ބުއިމެކެވެ.

ފެނަލް ސީޑް ޓީ:ނުވަތަ ކޮތަނބިރި ފެނަކީ ބަނޑުގެ މައްސަލަތަކަށް މުޖައްރިބު ފަރުވާއެކެވެ. އޭގައި ހިމެނޭ އެންޓި މައިކްރޮބިއަލް ޕްރޮޕަޓީސްގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ އަވަހަށް ހައްލުކޮށްދޭނެ އެވެ.

ބޭރަށް ހިންގާ ނަމަ ޑޮކްޓަރުގެ ލަފައާއި އިރުޝާދު ހޯދަން ހަނދާން ބަހައްޓަންވާނެ އެވެ.

ހެލްތު ޑައިޖެސްޓް