މަޝްހޫރު ފިލްމީ ތަރި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފްވާ ފިލްމް 'ކެދާނަތު' ރިލީޒްކުރާ ތާރީހް އިއުލާންކޮށްފި އެވެ.

ފިލްމްގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު ކޮށްފައިވާ ޓުވީޓެއްގައި ބުނީ ފިލްމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހުގައި ކަމަށެވެ.

ސާރާގެ އަލަތު ފިލްމު އަންނަ އަހަރުގެ ޑިސެމްބަރު ފަހު ދިހައިގައި ނެރޭނޭކަން އިއުލާނުކޮށްފައި ވާއިރު، ކެޓްރިނާ ކާއިފް އާއި އަނުޝްކާ ޝަރްމާއާއެކު ބޮލީވުޑްގެ ރަސްގެފާނު ޝާޚްރުކް ޚާން ޑްވާރްފެއްގެ ރޯލު އަދާކުރާ ފިލްމު ރިލީޒުކުރުންވެސް ހަމަ އެތާރީޚާ ދިމާވެދާނޭކަމަށް، މި ދާއިރާގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.