މަސްތުވާތުވާ އެއްޗެތި އަތުގައި ހުރި ކަމުގެ ތުހުމަތުގައި ޅ. އޮޅުވެލިފުށީ ރަށު ކައުންސިލްގެ މެމްބަރަކު އިއްޔެ ހަވީރު ހައްޔަރުކޮށްފި ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

އޮޅުވެލިފުށީ ރަށު ކައުންސިލްގެ ރައީސް ޢަބުދުލް އަޒީޒް މުހައްމަދު ވިދާޅުވީ އިއްޔެ ހަވީރު 5.00 ޖަހާ އެހާކަންހާއިރު ފުލުހުން ހައްޔަރުކޮށްފައި ވަނީ އެ ރަށު ރަށު ކައުންސިލްގެ މެމްބަރު އޮޅުވެލިފުށީ ކެނެރީގޭ އަހުމަދު އާމިރު ކަމަށެވެ.
"ފެރީން ކަމަށް ވަނީ އެތަކެތި ]މަސްތުވާ ތަކެތި[ ގެނައީ. މިހާރު އޭނާ ވަނީ ހައްޔަރުކޮށްގެން މި އަތޮޅު ނައިފަރަށް ގެންގޮސްފައި،" އަބުދުލް އަޒީޒު ވިދާޅުވި އެވެ.

ފުލުހުން ބުނީ އޮޅުވެލިފުށީގައި މަސްތުވާތަކެތީގެ މައްސަލައެއް އިއްޔެ ބަލަން ފަށާފައިވާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އިއްޔެ ހައްޔަރު ކުރި އޮޅުވެލިފުށީ ރަށު ކައުންސިލްގެ މެމްބަރަކީ އަމިއްލަ ގޮތުން ކައުންސިލަށް ހޮވިފައިވާ މެމްބަރެކެވެ.