ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މާމާފުޅު ހައްވާފާނު ނިޔާވެއްޖެއެވެ.

ހައްވާފާނު ނިޔާވި އިރު އުމުރުފުޅަކީ 88 އަހަރުފުޅެވެ. ހައްވާފާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

ހައްވާ ފާނަކީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ މުހައްމަދު ޝަހީމް އަލީ ސައީދުގެ އަނބިކަނބަލުން އާފިޔާ ވަހީދުގެވެސް މާމާފުޅެވެ. ނައިބު ރައީސް އާއި އާފިޔާ އަކީ ދެބެއިންނެވެ.

ނައިބު ރައީސްގެ މާމާފުޅު ނިޔާވި އިރު ނައިބު ރައީސް މިވަގުތު ހުންނެވީ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީ ގައެވެ.