ގާހިރާ (ޑިސެމްބަރު 17): މިސްރާއި ގާޒާއާ ދެމެދު އޮންނަ ރަފަހް ބޯޑަރު އިއްޔެއިން ފެށިގެން ހަތަރު ދުވަހަށް މިސްރުން ހުޅުވާލައިފި އެވެ.

މިސްރުގެ ދައުލަތުގެ ނޫސް އޭޖެންސީ މީނާގައިވާ ގޮތުން ރަފަހް ބޯޑަރު ހުޅުވީ ފަލަސްތީނުގެ ބަލި މީހުންނާއި ދަރިވަރުންނާއި މިސްރަށް ވަނުމަށް ހުއްދަ އޮންނަ މީހުންނަށް އެގައުމަށް ދިޔުމަށް ފުރުސަތު ދިނުމަށެވެ.

ރަފަހް ބޯޑަރަކީ ގާޒާގެ ރައްޔިތުންނަށް ކާނާ އާއި ބޭހާއި ތެލާއި އިމާރާތް ކުރާ ސާމާނު އެތެރެ ކުރަން މުހިއްމު ބޯޑަރެކެވެ. ނަމަވެސް 2013 ވަނަ އަހަރު މިސްރުގައި އޮތް މުހައްމަދު މޫރުސީގެ ވެރިކަން ވައްޓާލުމުން އެގައުމުން ވަނީ ބޯޑަރު މަދުން ނޫނީ ނުހުޅުވަން ނިންމައިފަ އެވެ.

އޭގެ ފަހުން 2014 ވަަނަ އަހަރު ސައިނާގައި ދިން ޓެރަރިސްޓު ހަމަލާއަކާ ގުޅިގެން މިސްރުން ވަނީ ރަފަހް ބޯޑަރު ދާއިމީ ގޮތެއްގައި ބަންދު ކުރަން ނިންމައިފަ އެވެ. އަދި އެބޯޑަރު ހުޅުވާނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެކަނި ކަމަށް ބުނެފަ އެވެ.

މިސްރުން ބުނާ ގޮތުގައި އެގައުމުގެ 30 ސިފައިން މަރުވި އެހަމަލާ ދީފައި ވަނީ ފަލަސްތީނުގެ ހަމާސްއިން ފޯރުކޮށްދިން ހަތިޔާރު ބޭނުންކޮށްގެންނެވެ. ނަމަވެސް ހަމާސްއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. (ޑެއިލީނިއުސްއިޖިޕްޓް)